މަތިވެރި ރައްޔިތުންގެ ދީލަތި އެހީ ހިމަންދޫއަށް

     ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހިމަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ ބަލިހާލަތުގައި ހިމަންދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެގޮތުން އއ.މަތިވެރި ރައްޔިތުންގެފަރާތުން ކާބޯތަކެތި ހިމަންދޫގައިތިބި ކޮވިޑްގެ ބަލިމީހުންނަށް ހަދިޔާކޮށްފިއެވެ. މަތިވެރި ރައްޔިތުންގެ ނަމުގައި ހަދިޔާކޮށްފައިވާ ތަކެތި މިއަދު ހިމަންދޫ ކައުންސިލާއި ހަވާލުކޮށްދެއްވީ މަތިވެރި ކައުންސިލަގެ ރައިސް އަހްމަދު އަސްލަމް އެވެ. ހިމަންދޫ ކައުންސިލްގެ ފަރާތުން ތަކެއްޗާއި ހަވާލުވެލެއްވީ ކައުންސިލްގެ ނައިބްރައީސް ޒައިނަލްއިބާދުއެވެ. މަތިވެރި ރައްޔިތުންގެ އެހީގެ ޕެކޭޖްގައި ހިމެނެނީ ބޯފެން، މަސްދަޅު، އަލަނާސި ދަޅު، ގެރިކިރު ދަޅު، ޖޫސް ޕަކެޓް، ވަޅޯމަސް ޕެކެޓް، އަދި ގިތިޔޮމިރުހެވެ.

     ރައްޔިތުންގެ ގިނަބަޔަކު ގޭބަންދުވެފައިވާ މިހާލަތުގައި އއ.މަތިވެރި ރައްޔިތުން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނީތީ އއ.ހިމަންދޫ ރައްޔިތުންގެ ނަމުގައި އަދި ޓާސްކްފޯސް އާއި ކައުންސިލްގެ ނަމުގައި ހިތުގެ އެންމެ އިޚްލާސްތެރި ޝުކުރުއަދާކުރަމެވެ. ﷲ ގެމަގުގައި ކުރެވޭ މިފަދަ ހޭދަތަކުގައި ﷲ ބަރަކާތް ލައްވަވައި މިފަދަ ހޭދަތަށްކުރާ ފަރާތްތަކުގެ މުދަލުގައި ބަރަކާތްލައްވައި ހެޔޮ ސަވާބާއި ދަރުމަ މިންވަރު ކުރައްވާށިއެވެ. އާމީން!

 

Leave a Reply

Your email address will not be published.