އަވަށްޓެރި މާޅޮހު ރައްޔިތުންގެ ފަރާތުން ރޯމަހުގެ އެހީ ހިމަންދޫއަށް

     ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހިމަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ކޮވިޑް ބައްޔަށް ފައްސިވެފައިވާ މި ދަނޑިވަޅުގައި ހިމަންދޫގައިތިބި ބަލި މީހުންނަށް އެހީތެރިވެދިނުމުގެގޮތުން އަވަށްޓެރި މާޅޮހުގެ ރައްޔިތުންގެ ފަރާތުން 200 ކިލޯ ރޯމަސް އަދި މާޅޮހު އަމިއްލަފަރާތަކުން 100 ކިލޯ ރޯމަސް މިއަދުވަނީ ހަދިޔާކޮށްފައެވެ.

     ރޯމަސް ގެތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޓާސްކްފޯސްގެ ޑެލިވަރީ ޓީމްގެފަރާތުންނެވެ. ރައްޔިތުންގެ ގިނަބަޔަކު ގޭބަންދުވެފައިވާ މިހާލަތުގައި އއ.މާޅޮހުގެ ރައްޔިތުން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނީތީ އއ.ހިމަންދޫ ރައްޔިތުންގެ ނަމުގައި އަދި ޓާސްކްފޯސް އާއި ކައުންސިލްގެ ނަމުގައި ހިތުގެ އެންމެ އިޚްލާސްތެރި ޝުކުރުއަދާކުރަމެވެ. ﷲ ގެމަގުގައި ކުރެވޭ މިފަދަ ހޭދަތަކުގައި ﷲ ބަރަކާތް ލައްވަވައި މިފަދަ ހޭދަތަށްކުރާ ފަރާތްތަކުގެ މުދަލުގައި ބަރަކާތްލައްވައި ހެޔޮ ސަވާބާއި ދަރުމަ މިންވަރު ކުރައްވާށިއެވެ. އާމީން!

Leave a Reply

Your email address will not be published. Required fields are marked *