އަވަށްޓެރި މާޅޮހު ރައްޔިތުންގެ އެހީގެ ތަކެތި ހިމަންދޫއަށް

     އއ.މާޅޮހު ރައްޔިތުންގެ ދީލަތިއެހީގެ ތަކެތި އއ.ހިމަންދޫގައި ތިބި ކޮވިޑްގެ ބަލިމީހުންނަށް ފޯރުކޮށްދީފިއެވެ. އއ.މާޅޮހު ކައުންސިލްގެ އިސްނެގުމުގެމަތިން މާޅޮހު ކައުންސިލާއި ރައްޔިތުންގެ އެހީތެރިކަމާއެކު ހިމަންދޫގައި ކަރަންޓީން ކުރެވިފައިވާ ފަރާތްތަކަށް އެހީގެ ގޮތުގައި ހަދިޔާކޮށްފައިވަނީ ކުރުނބާ، ނޫޑްލްސް، އާފަލް، އަދި އޮރެންޖެވެ. އެހީގެ ތަކެތި މާޅޮހު ކައުންސިލްގެ ފަރާތުން ހިމަންދޫ ކައުންސިލާއި މިއަދުވަނީ ހަވާލުކޮށްފައެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހިމަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެވުނުފަހުން މާޅޮހު ރައްޔިތުންވަނީ ހިމަންދޫގައިތިބި ކޮވިޑްގެ ބަލި މީހުންނަށް ރޯމަހުގެ އެހީތެރިކަންވެސް ފޯރުކޮށްދީފައެވެ. މާޅޮހާއި ހިމަންދޫއަކީ ހުރިހާގޮތަކުންވެސް ވަރަށްގާތް ގުޅުމެއްއޮންނަ 2 ދެރަށެވެ.

     ރައްޔިތުންގެ ގިނަބަޔަކު ގޭބަންދުވެފައިވާ މިހާލަތުގައި އއ.މާޅޮހުގެ ރައްޔިތުން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނީތީ އއ.ހިމަންދޫ ރައްޔިތުންގެ ނަމުގައި އަދި ޓާސްކްފޯސް އާއި ކައުންސިލްގެ ނަމުގައި ހިތުގެ އެންމެ އިޚްލާސްތެރި ޝުކުރުއަދާކުރަމެވެ. ﷲ ގެމަގުގައި ކުރެވޭ މިފަދަ ހޭދަތަކުގައި ﷲ ބަރަކާތް ލައްވަވައި މިފަދަ ހޭދަތަށްކުރާ ފަރާތްތަކުގެ މުދަލުގައި ބަރަކާތްލައްވައި ހެޔޮ ސަވާބާއި ދަރުމަ މިންވަރު ކުރައްވާށިއެވެ. އާމީން!

Leave a Reply

Your email address will not be published. Required fields are marked *