އދ.މަންދޫ ރައްޔިތުންގެފަރާތުން ހިމަންދޫގައި ކަރަންޓީން ކުރެވިފައިތިބި މީހުންނަށް ކުރުނބާ ހަދިޔާކޮށްފި

     ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހިމަންދޫގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ކޮވިޑް ބައްޔަށް ފައްސިވެފައިވާ މި ދަނޑިވަޅުގައި ހިމަންދޫގައިތިބި ބަލި މީހުންނަށް އެހީތެރިވެދިނުމުގެގޮތުން އދ.މަންދޫ އާންމު ރައްޔިތުންގެ ބަޔަކުގެ އިސްނަގައިގެން އދ.މަންދޫ ރައްޔިތުންގެ ނަމުގައި އއ.ހިމަންދޫގައި ކަރަންޓީން ކުރެވިފައިތިބި އެންމެނަށް ވަނީ ކުރުބާގެ އެހީ ފޯރުކޮށްދީފައެވެ. ކުރުނބާ ގެތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ޓާސްކްފޯސްގެ ޑެލިވަރީ ޓީމްގެފަރާތުންނެވެ. ރައްޔިތުންގެ ގިނަބަޔަކު ގޭބަންދުވެފައިވާ މިހާލަތުގައި އދ.މަންދޫ ރައްޔިތުން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނީތީ އއ.ހިމަންދޫ ރައްޔިތުންގެ ނަމުގައި އަދި ޓާސްކްފޯސް އާއި ކައުންސިލްގެ ނަމުގައި ހިތުގެ އެންމެ އިޚްލާސްތެރި ޝުކުރުއަދާކުރަމެވެ. ﷲ ގެމަގުގައި ކުރެވޭ މިފަދަ ހޭދަތަކުގައި ﷲ ބަރަކާތް ލައްވަވައި މިފަދަ ހޭދަތަށްކުރާ ފަރާތްތަކުގެ މުދަލުގައި ބަރަކާތްލައްވައި ހެޔޮ ސަވާބާއި ދަރުމަ މިންވަރު ކުރައްވާށިއެވެ. އާމީން!

Leave a Reply

Your email address will not be published. Required fields are marked *