މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ އާއި ބައްދަލުކުރުން

ކައުންސިލްގެ ރައިސް، ކައުންސިލްގެ މެމްބަރުން އަދި ސެކްރެޓަރީ ޖެނަރަލް 5 ފެބްރުއަރީ 2024 ދުވަހު 14:00 ގައި މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަ އަބްދުލް ސަލާމް އާއި ވަނީ ބައްދަލު ކޮށްފައެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީގެ އޮފީހުގައެވެ. މި ބައްދަލުވުމަކީ އއ.ހިމަންދޫގައި މާލެ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީއިން ކުރަމުންގެންދާ ފެނާއި ނަރުދަމާގެ މަސައްކަތާއި ގުޅިގެން މަސްވަރާކުރުމާއި އިޖްތިމާޢީ ޒިންމާގެ ތެރެއިން ކައުންސިލަށް ބޭނުންވާ އެހީތެރިކަމާއި ގުޅޭގޮތުން މަސްވަރާ ކުރުމަށް ކުރިއަށް ގެންދެވިފައިވާ މަސްވަރާ ބައްދަލު ވުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *