މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންސްފްރާސްޓްރަކްޗަރ އާއި ބައްދަލުކުރުން

ކައުންސިލްގެ ޓީމުން މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންސްފްރާސްޓްރަކްޗަރގެ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ޠަޢާމު މުޙައްމަދު އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އއ. ހިމަންދޫގެ ތަރައްޤީގެ މަސްރޫޢުތަކާއި ގުޅޭގޮތުން ވަނީ މަސްވަރާކުރެވިފައެވެ. މި ބައްދަލު ވުމުގައި ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް، ކައުންސިލްގެ މެމްބަރ ސިމާޙް ދައޫދު، ކައުންސިލްގެ މެމްބަރ، އަރޫޝާ ޢަބްދުﷲ، ކައުންސިލްގެ މެމްބަރ ފާޠިމަތު އަނޫޝާ އަޙްމަދު އަދި ސެކްރެޓަރީ ޖެނަރަލް ސާލިމް ޙަސަންގެ އިތުރުން މަތިވެރި ދާއިރާގެ މެމްބަރ ޙަސަން ޒަރީރު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *