މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކްވޯކްސް އާދަމް ޝަރީފު އުމަރު އާއި ބައްދަލުކުރުން

ކައުންސިލާއި މިނިސްޓްރީއާއި ދެމެދު ބޭއްވުނު ބައްދަލުވުމުގައި، ކައުންސިލް އިދާރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ކައުންސިލް މުވައްޒަފުންނަށް ހުރި ގޮންޖެހުންތަކާއި ހިދުމަތް ދިނުމުގައި ދިމާވާ ދަތިތަކަށް ހައްލުހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރެވިފައިވެއެވެ.
މި ބައްދަލުވުމުގައި އއ. ހިމަންދޫގެ ތަރައްޤީގެ މަސްރޫޢުތަކާއި ގުޅޭގޮތުން ވަނީ މަސްވަރާކުރެވިފައެވެ. މި ބައްދަލު ވުމުގައި ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް، ކައުންސިލްގެ މެމްބަރ ސިމާޙް ދާއޫދު، ކައުންސިލްގެ މެމްބަރ، އަރޫޝާ ޢަބްދުﷲ، ކައުންސިލްގެ މެމްބަރ ފާޠިމަތު އަނޫޝާ އަޙްމަދު އަދި ސެކްރެޓަރީ ޖެނަރަލް ސާލިމް ޙަސަން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *