ހިމަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމަށް ބޭނުންވާ ތަކެތި ހިމަންދޫއަށްގެނައުން.

     ހިމަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތަށް ބޭނުންވާ ސާމާނާއިއެކު މަސައްކަތުޓީމު މިއަދުވަނީ ހިމަންދޫއަށް އައިސްފައެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ރިޔާސީވަޢުދުތަކުގެ ތެރެއިން ހިމަންދޫ ދަނޑުގެ ޓާފް އެޅުމާއި ދަނޑުގެހެދުމުގެ މަސައްކަތް ކޮށްދޭނެކަމަށް ކެމްޕެއިންތެރޭގައި ހިމަންދޫއަށްކުރި ޒިޔާރަތުގައި އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. ހިމަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިޢުލާންކޮށް ހަވާލުކޮށްފައިވަނީ ފަހި ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. މިމަސައްކަތް ހަވާލުކުރެވިފައިވަނީ 45 ދުވަހުގެ މުއްދަތުގެ ތެރޭގައި ނިންމާގޮތަށެވެ.

     ސަރުކާރުން އަދި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް އަދި މަތިވެރި ދާއިރާގެ އިއްޒަތްތެރި މެމްބަރ ޙަސަން ޒަރީރު ހިމަންދޫގެ ތަރައްޤީއަށް ކޮށްދެއްވަމުންގެންދަވާ މަސައްކަތަށް ހިމަންދޫރައްޔިތުންގެ ނަމުގައާއި ކައުންސިލްގެ ނަމުގައި ޝުކުރުއަދާކުރަމެވެ.

Leave a Reply

Your email address will not be published. Required fields are marked *