ކައުންސިލް ފުޓްސަލް ދަނޑުގެ ކާރޕެޓް އަދި ރަބަރު ރަށަށް ގެނައުން.

     ކައުންސިލުން ހަދަމުންދާ ފުޓްސަލް ދަނޑުގައި އެޅުމަށް ބޭނުންވާ ކާރޕެޓް އަދި ކާރޕެޓަށް އެޅުމަށް ބޭނުންވާ ރަބަރު މިއަދު ވަނީ ހިމަންދޫއަށް ގެނެވިފައެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ދެއްވާފައިވާ މި ތަކެތި ގުދަނުންނެރެ ދޯންޏަށް އެރުވުމާއި، މާލެއިން ރަށަން ގެނައުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ ހިމަންދޫ ކައުންސިލުންނެވެ. ތަކެތި ރަށަށް ގެނައުމަށް ދޯނި ހަމަޖައްސާދީފައިވަނީ ކައުންސިލްގެ އެދުމަށް މަތިވެރީދާއިރާގެ އިއްޒަތްތެރި މެމްބަރު ޙަސަން ޒަރީރުއެވެ.

ގުދަނުން ރަބަރު ނެރުމުގެ މަސައްކަތް ކުރިއަށްދަނީ

     ހިމަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް މަސައްކަތްފެށުމުން ދިގުމުއްދަތަކަށް ދަނޑުގައި ނުކުޅެވިދާނެކަމުގެ ކަންބޮޑުވުންތައް ޒުވާނުންގެ ފަރާތުން ލިބެންދާތީ ކައުންސިލުން ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތު ގެއްލުނަ ނުދިނުމަށް ހަދަމުންދާ ފުޓްސަލް ދަނޑުގެ ވަށައި ފިންސް ޖެހުމުގެ މަސައްކަތް މިހާރުވަނީ ބަޔަކާއި ހަވާލުކުރެވިފައެވެ. ކައުންސިލްގެ އުންމީދަކީ ވަރަށް އަވަހަށް ފުޓްސަލް ދަނޑުގެ މަސައްކަތް ނިމި ދަނޑުގައި ކުޅުމުގެ ފުރުޞަތު ލިބިގެންދިޔުމެވެ. މި މަސްރޫޢު ކުރިއަށް ގެންދިޔުމަށް ކައުންސިލަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާތީ، ސަރުކާރު، މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަޙްލޫފް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަސްހަދު ޢަލީ އަށް ހިމަންދޫ ޒުވާނުން އަދި ކައުންސިލާއި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރަމެވެ. އަދި މަތިވެރީދާއިރާގެ އިއްޒަތްތެރި މެމްބަރު ޙަސަން ޒަރީރުގެ ފަރާތުން ކައުންސިލަށް ލިބެމުންދާ އެއްބާރުލުމަށް ހިމަންދޫ ޒުވާނުން އަދި ކައުންސިލާއި ރައްޔިތުންގެ ނަމުގައި ޝުކުރުއަދާކުރަމެވެ.

ކާރޕެޓްތަށް ދޯންޏަށް ގެންދިއުމަށް ކެރޭންޕިކަޕަށް އެރުވުމުގެ ތެރެއިން
ކާރޕެޓްތަށް ކެރޭންގެ އެހީގައި ދޯންޏަށް އަރުވަނީ
ގުދަނުން ކާރޕެޓް ނެރުމުގެ މަސައްކަތް ކުރިއަށްދަނީ

Leave a Reply

Your email address will not be published. Required fields are marked *