ފެރިދޫ ރައްޔިތުންގެ ދީލަތިއެހީ ހިމަންދޫ ރައްޔިތުންނަށް

     ކޮވިޑްގެ ބަލިމަޑުކަމާއިގުޅިގެން އއ.ހިމަންދޫގެ ރައްޔިތުންގެ ގިނަބަޔަކު ބައްޔަށް ފައްސިވެ އަދި ގިނަ ދުވަސްތަކެއްވަންދެން މޮނިޓަރިންގެ ހާލަތުގައި ހިމަންދޫ އޮތުމާއިގުޅިގެން ހިމަންދޫގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އއ.ފެރިދޫ ކައުންސިލްގެ ފަރާތުން ފެރިދޫ ރައްޔިތުންގެ ނަމުގައި ހިމަންދޫގެ ރައްޔިތުންނަށް ވަނީ 2000 ކާށި ހަދިޔާކޮށްފައެވެ. އަދި މީގެ އިތުރުން ސާފް ކުރުމަށް ބޭނުންކުރާ އެކި ބާވަތްތަކުގެ ފުޅިތައް ވަނީ ޓާސްކްފޯސްއަށް ހަދިޔާކޮށްފައެވެ. އެހީގެ މިތަކެތި ހިމަންދޫ ކައުންސިލާއި ހަވާލުކޮށްދެއްވީ ފެރިދޫ ކައުންސިލްގެ ރައީސް އިސްމާޢީލް ސާހް އެވެ. ހިމަންދޫ ކައުންސިލްގެ ފަރާތުން އެހީގެ ތަކެއްޗާއި ހަވާލުވެލެއްވީ ހިމަންދޫ ކައުންސިލްގެ ރައީސް ހުޝާމްއިސްމާޢީލްއެވެ.

     ކޮވިޑްގެ ބަލިމަޑުކަމުގެ މިހާލަތުގައި އއ.ފެރިދޫ ރައްޔިތުން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނީތީ އއ.ހިމަންދޫ ރައްޔިތުންގެ ނަމުގައި އަދި ޓާސްކްފޯސް އާއި ކައުންސިލްގެ ނަމުގައި ހިތުގެ އެންމެ އިޚްލާސްތެރި ޝުކުރުއަދާކުރަމެވެ. ﷲ ގެމަގުގައި ކުރެވޭ މިފަދަ ހޭދަތަކުގައި ﷲ ބަރަކާތް ލައްވަވައި މިފަދަ ހޭދަތަށްކުރާ ފަރާތްތަކުގެ މުދަލުގައި ބަރަކާތްލައްވައި ހެޔޮ ސަވާބާއި ދަރުމަ މިންވަރު ކުރައްވާށިއެވެ. އާމީން!

 

Leave a Reply

Your email address will not be published. Required fields are marked *