ގެސްޓްހައުސް ވިޔަފާރި ކުރާ ފަރާތްތަކާއި ބައްދަލުކުރުން

ލޯކަލް ޓްއަރިޒަމް ތަރައްޤީކޮށް ހަރުދަނާކުރުން.
ރަށުގައި ރަޖިސްޓްރީކޮށްގެން ހިންގަމުންދާ ގެސްޓްހައުސްތައް ހިންގާ ފަރާތްތަކާއިއެކު ބައްދަލުވުމެއް 26 ފެބްރުއަރީ 2024 ދުވަހުގެ ރޭގަނޑު 8:45 ގައި ކައުންސިލްގެ އިދާރާގައި ވަނީ ބޭއްވިފައެވެ.
މި ބައްދަލުވުމުގައި މަސްވަރާ ކުރެވުނު ކަންކަން.
1. ރަށުގެ އިޖުތިމާޢީ ފޭރާން ހަލާކުވިޔަނުދީ ލޯކަލްޓްއަރިޒަމް ކުރިއަށް ގެންދިޔުމަށް ކުރަންވީ ކަންކަމާއި ގުޅޭ މަސްވަރާ.
2. ގެސްޓް ބީޗް ތަރައްޤީ ކުރުން.
3. ގެސްޓް ހައުސްތަކާއި އިންވެގެންވާ ހުސް ބިންތައް ބޭނުން ކުރުމާއި ގުޅޭގޮތުން ގެންގުޅެންވީ އުޞޫލުތައް ހިއްސާކޮށް މަސްވަރާކުރުން.
4. ގެސްޓް ބީޗްތައް ސާފްކޮށް ބެލެހެއްޓުން ހަރުދަނާ ކުރުން.
* މަތީގައި ފާހަގަ ކުރެވިފައިވާ ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމާއި، ތަންފީޒުކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ރަށަށް އެތެރެވާ ކޮންމެ ފަތުރުވެރިއަކަށް 5 ޑޮލަރު ކައުންސިލަށް ދެއްކުމަށް ގެސްޓްހައުސް ހިންގާ ފަރާތްތަކުގެ އިއްތިފާގުން ވަނީ ފާސްކުރެވިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *