މިނިސްޓަރ އޮފް އިސްލާމިކް އެފެއަޒް އާއި ބައްދަލުކުރުން
ކައުންސިލްގެ ޓީމުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އއ. ހިމަންދޫގެ ތަރައްޤީގެ މަސްރޫޢުތަކާއި ގުޅޭގޮތުން ވަނީ މަސްވަރާކުރެވިފައެވެ. މި ބައްދަލު ވުމުގައި ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް، ކައުންސިލްގެ މެމްބަރ ސިމާޙް ދާއޫދު، ކައުންސިލްގެ މެމްބަރ، އަރޫޝާ ޢަބްދުﷲ، ކައުންސިލްގެ މެމްބަރ ފާޠިމަތު އަނޫޝާ އަޙްމަދު އަދި ސެކްރެޓަރީ ޖެނަރަލް ސާލިމް ޙަސަން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.