މިނިސްޓްރީ އޮފް އެޑިއުކޭޝަން އާއިއެކު ކުރިއަށް ގެންދެވުނު ބައްދަލުވުން

ކައުންސިލްގެ ރައިސް، ކައުންސިލްގެ މެމްބަރުން އަދި ސެކްރެޓަރީ ޖެނަރަލް 6 ފެބްރުއަރީ 2024 ދުވަހު 12:00 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޞަފޫރާ އާއި ވަނީ ބައްދަލު ކޮށްފައެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގައެވެ. މި ބައްދަލުވުމުގައި މިނިސްޓްރީއިން ހިމަންދޫގައި ކުރިއަށްގެންދާ 12 ކްލާސްރޫމްގެ އިމާރާތާއި މަލްޓިޕާރޕަސް ހޯލްގެ މަސައްކަތާއި ގުޅޭގޮތުން އަދި ހިމަންދޫ ސްކޫލުގެ މިހާރުގެ ހާލަތާއި ގުޅޭގޮތުން ވަނީ މަޝްވަރާ ކުރެވިފައެވެ. ހިމަންދޫ ސްކޫލަށް މިވަގުތު ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް 12 ކްލާސްރޫމްގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ބާރު އަޅުއްވައި ދެއްވުމަށް ކައުންސިލްގެ ފަރާތުން ވަނީ އެދެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *