ޤައުމީ ޤުރުޢާން މުބާރާތަށް ހިމަންދޫ 3 ދަރިވަރުން

އއ. އަތޮޅު ކައުންސިލްގެ ފަރާތުން އއ.އަތޮޅުގެ ރަށުކައުންސިލްތަކަށް ހުޅުވާލައިގެން ބޭއްވުނު އަތޮޅު ޤުރުޢާން މުބާރާތުގައި ވާދަކުރި އއ.ހިމަންދޫ ދަރިވަރުންގެ ތެރެއިން 3 ދަރިވަރަކު ވަނީ ޤައުމީ ޤުރުޢާން މުބާރާތަށް ހޮވިފައެވެ.

ޤައުމީ ޤުރުޢާން މުބާރާތަށް ހޮވިފައިވާ އއ.ހިމަންދޫގެ ދަރިވަރުންނަކީ އާމިނަތު ބިންތި ނިޒާރު، ޗާންދަނީގެ/އއ.ހިމަންދޫ، ނޫރައިން ބިންތު ޢަބްދުﷲ، ސެލްވޭޝަން/އއ.ހިމަންދޫ، ޖަނާ ޖަމްހަރު ޢަލީ، ޖަވާހިރުވާދީ/އއ.ހިމަންދޫ އެވެ. މި ދަރިވަރުން ހޯދި ފުރިހަމަ ކާމިޔާބީއަށް އއ.ހިމަންދޫ ކައުންސިލުން މަރުޙަބާ ކިޔަމެވެ.

Leave a Reply

Your email address will not be published. Required fields are marked *