ފުލުހުންނާއި ބައްދަލު ކުރުން

ސެކިއުރިޓީ
ކުށް މަދުކޮށް އަމާން ވެއްޓެއް ޤާއިމްކުރުން
ރަށުގެ އާންމު މަސްލަހަތު ހިމާޔަތް ކުރުމާއި އާންމު އިޖުތިމާޢީ ހަމަތަކާއި އުޞޫލުތަކާއި އެއްގޮތަށް ރަށްވެހި ޙިދުމަތްތައް ފޯރުކޮށްދިނުމުގައި ފުލުހުންނާއި ކައުންސިލް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ފުލުހުންނާއެކު ބައްދަލުވުމެއް ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެފައި ވަނީ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް، ކައުންސިލްގެ މެމްބަރ ފާތިމަތު އަނޫޝާ އަޙުމަދު އަދި ކައުންސިލްގެ މެމްބަރ ސިމާޙް ދާއޫދުއެވެ. މި ބައްދަލު ވުމުގައި ފުލުހުންގެ ފަރާތުން ބައިވެރިވެފައިވަނީ އއ.ހިމަންދޫ ޕޮލިސް ސްޓޭޝަން ހިންގުމާއި ހަވާލުވެ ހުންނެވި ސަބްއިންޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު އަސްލަމް އަދި ސާޖަންޓް ޙަސަން ޝުޖާޢުއެވެ. މި ބައްދަލުވުން ބޭއްވިފައި ވަނީ 3 ޖަނަވަރީ 2024 ވަނަ ދުވަހު 13:20 ގައި ހިމަންދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *