ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުން 26 ޑިސެމްބަރ 2023

ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސުނާމީ ކާރިސާގައި ނިޔާވެދިޔަ ފަރާތްތަކުގެ ހަނދާނުގައި ހަމަހިމޭން ކަމުގެ ވަގުތުކޮޅެއް ވަނީ ގެނެވިފައެވެ. މި ހަރަކާތަކީ ރަށުގެ ހުރިހާ މުވައްސަސާތަކުގެ އަދި ކުލަބް ޖަމްއިއްޔާ ތަކުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނު ހަރަކާތެކެވެ.
އަދި މީގެ އިތުރުން މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ރަށުގެ ހުރިހާ މުވައްސަސާ ތަކުގެ މުވައްޒަފުންގެ ނަމުގައި އަވައްޓެރި އއ.މާޅޮހަށް ހަދިޔާ ޕެކޭޖް ވަނީ ފޮނުވިފައެވެ. އަދި އއ.މާޅޮހު މުވައްސަސާ ތަކުގެ މުވައްޒަފުންގެ ފަރާތުން އއ.ހިމަންދޫ މުވައްސަސާތަކުގެ މުވައްޒަފުންނަށް ބޮނޑިބަތް ފަރިއްކޮޅަކާއި މާޅޮހުގެ ލޯގޯ ރަމްޒު ކޮށްދޭ މާޅޮހަށް ހާއްސަވެފައިވާ ކަށިކެޔޮ ވަނީ ހިމަންދޫއަށް ފޮނުވާފައެވެ. މި ހަރަކާތުގެ ސަބަބުން ދެރަށުގެ ދެމެދުގައި ޒާމުނުއްސުރެ އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *