ސާފް އަރި އުތުރު ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުން
އއ. އަތޮޅު ކައުންސިލްގެ ފަރާތުން މިއަތޮޅުގެ ރަށްތަކުގައި ކޮންމެ އަހަރަކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ސާފް އަރި އުތުރު ޕްރޮގްރާމް މިއަހަރު އއ.ހިމަންދޫގައި ކާމިޔާބުކަމާއެކު ވަނީ ކުރިއަށް ގެންދެވިފައެވެ. މި ހަރަކާތުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފެހި އަރިއުތުރު ގަސް އިންދުމުގެ ހަރަކާތްވެސް ވަނީ ކުރިއަށް ގެންދެވިފައެވެ. އއ.އަތޮޅުގެ ރަށްތަކުގެ ރައްޔިތުން އެއްރަށަކަށް އައިސް ކުރިއަށްއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި މިއަހަރު އއ.ގެ އެހެން ރަށްތަކުންވެސް ވަނީ މިހަރަކާތަށް ހިމަންދޫއަށް ވަޑައިގެން މި ހަރަކާތުގައި ބައިވެރިވެފައެވެ. މި ހަރަކާތަކީ އއ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށް ފަންޑްކޮށްގެން ރަށުކައުންސިލްތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތެކެވެ.