ކައުންސިލްގެ 9 ވަނަ ޤުރުޢާން މުބާރާތާއި، 2 ވަނަ މަދަހަ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު

ކައުންސިލްގެ 9 ވަނަ ޤުރުޢާން މުބާރާތާއި، 2 ވަނަ މަދަހަ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތު 7 މެއި 2023 ދުވަހުގެ ރޭގަނޑު 8:45 ގައި ވަނީ ބޭއްވިފައެވެ. މިރަސްމިއްޔާތުގައި ދަޢުލަތަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވާ، ހިމަންދޫގެ ކަތީބުކަމުގެ މަޤާމު ފުރުއްވާފައިވާ އިބުރާޙިމް ޢަބުއްރަޙްމާން އަދި ދަޢުލަތަށް ގިނަދުވަހު ޚިދުމަތް ކޮށްދެއްވާފައިވާތީ ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޝަރަފުގެ އިނާމު ލިބިލައްވާފައިވާ ކުރީގެ ކުޑަކަތީބު އާދަމް މުޙައްމަދުގެ އިތުރުން ކައުންސިލްގެ 2 ވަނަ އަދި 3 ވަނަ ދައުރުގެ ރައީސުންނާއި މުވައްސަސާ ތަކުގެ ވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

ހިމަންދޫ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތުގެ ފަޙުރުވެރި 1 ވަނަ ހާސިލްކޮށްފައިވަނީ އއ.ހިމަންދޫ / ސެލްވޭޝަން ، ނަބާޙަތު ޢަބްދުﷲ އެވެ.

ހިމަންދޫ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތުގެ ފަޙުރުވެރި 2 ވަނަ ހާސިލްކޮށްފައިވަނީ އއ.ހިމަންދޫ / ސެލްވޭޝަން ، ނަޒާޙަތު ޢަބްދުﷲ އެވެ.

ހިމަންދޫ ކައުންސިލްގެ 9 ވަނަ ޤުރްއާން މުބާރާތުގެ ފަޙުރުވެރި 3 ވަނަ ހާސިލްކޮށްފައިވަނީ އއ.ހިމަންދޫ / ޖަވާހިރުމާގެ ، ސުފްޔާން ބިން މުޙައްމަދު ޢަލީ އެވެ.

ހިމަންދޫ ކައުންސިލްގެ 2 ވަނަ މަދަޙަ މުބާރާތުގެ ފަޙުރުވެރި 1 ވަނަ ހާސިލްކޮށްފައިވަނީ އއ.ހިމަންދޫ / ފަލަކް ، މުޙައްމަދު އުސައިދު ޝަރީފް އެވެ.

ހިމަންދޫ ކައުންސިލްގެ 2 ވަނަ މަދަޙަ މުބާރާތުގެ ފަޙުރުވެރި 2 ވަނަ ހާސިލްކޮށްފައިވަނީ އއ.ހިމަންދޫ / ޖަވާހިރުމާގެ ، ޙަމްނާ ބިންތު އިބްރާހީމް ޢަލީ އެވެ.

ހިމަންދޫ ކައުންސިލްގެ 2 ވަނަ މަދަޙަ މުބާރާތުގެ ފަޙުރުވެރި 3 ވަނަ ހާސިލްކޮށްފައިވަނީ އއ.ހިމަންދޫ / ދޫރެސްވިލާ، ޝިއުނާ އިބްރާހީމް އެވެ.

Leave a Reply

Your email address will not be published. Required fields are marked *