ކައުންސިލްގެ 9 ވަނަ ޤުރުއާން މުބާރާތް

ކައުންސިލްގެ 9 ވަނަ ޤުރުއާން މުބާރާތުގެ ކިޔެވުން 23 މާރިޗު 2023 ދުވަހުގެ ރޭގަނޑު 21:45 ގައި ވަނީފެށިފައެވެ. ޖުމްލަ 6 އުމުރުފުރާއަކުން 93 ބައިވެރިން ވަނީ މި މުބާރާތުގައި ބައިވެރިވެފައެވެ. މި މުބާރާތުގައި ބައިވެރިވެ ކިޔަވާ ކޮންމެ ބައިވެރިއަކަށް ކައުންސިލުން ހަދިޔާއެއް އަދި ހަނދާނީ ލިޔުމެއް ކިޔާވާނިމުން ވަގުތުން ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މި މުބާރާތުގެ 1 ވަނައަށް 5000 ރުފިޔާގެ ފައިސާގެ އިނާމް އަދި 40 އިންޗި ސްމާޓް ޓީވީއެއް، 2 ވަނައަށް 3000 ރުފިޔާގެ ފައިސާގެ އިނާމް އަދި ބައިސްކަލެއް، 3 ވަނައަށް 1500 ރުފިޔާ އަދި މައިކްރޯވޭވް އަވަނެއް އަދި އުމުރުފުރާތަކުންނާއި ގޮފިތަކުން ވަނަތަކަށް ހޮވޭ ކުދިންނަށް އިނާމް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ހުރިހާ އުމުރުފުރާއަކުން ވަނަތަކަށް ހޮވޭ ބައިވެރިންނަށް އިނާމް އަދި ހަނދާނީ ފިލާ ދިނުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ 2 ދުވަހުގެ މުއްދަތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *