ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ މަޝްވަރާ ބައްދަލުވުން

ސަރުކާރުން ހިމަންދޫގައި މިވަގުތު ކުރިއަށްގެންދާ ތަރައްޤީގެ މަސްރޫތަކާއިގުޅިގެން އުފެދޭ ކުނީގެ ސަބަބުން ތިމާވެއްޓަށް ކުރާނެ ނޭދެވޭ އަސަރުތަކާއި ގުޅޭ ގޮތުން އަދި ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވިދާނޭ ކަންކަމާއި ގުޅޭގޮތުން މިއަދު ވަނީ އެންވަޔަރަންމަންޓަލް ޕްރެޓެކްސަން އެޖެންސީގެ ބޭފުޅުންނާއިއެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައެވެ. މި ބައްދަލުވުން ބޭއްވުނީ ހިމަންދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ.

މި ބައްދަލުވުމުގައި އެންވަޔަރަންމަންޓަލް ޕްރެޓެކްސަން އެޖެންސީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ސީނިއަރ އެންވަޔަރަންމަންޓް އެނަލީސްޓް އާމިނަތު ފިޒްނާ، އެސިސްޓެންޓް ޑިރެކްޓަރ ނަޝްވާ އަޙްމަދު މަނިކް، އެސިސްޓެންޓް ޑިރެކްޓަރ ސަފާ އަޙްމަދު، އެންވަޔަރަންމަންޓް އެނަލީސްޓް އައިޝަތު ޝައިޚާ އެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް، ކައުންސިލްގެ މެމްބަރު ސިމާޙް ދާއޫދު، ކައުންސިލްގެ މެމްބަރު ފާތިމަތު އަނޫޝާ އަޙުމަދު، ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް ސާލިމް ހަސަން އެވެ.

Leave a Reply

Your email address will not be published. Required fields are marked *