ކައުންސިލްގެ ފުރަތަމަ ފުޓްސަލް މުބާރާތް ޑާކު ޓައުން ކާމިޔާބްކޮށް ތާރީޚުގެ ތެރެއަށް

ކައުންސިލުން ރަށުގެ ރައްޔިތުންނަށް ޚާއްސަކޮށްގެން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތް ޑާކް ޓައުން އިން ކާމިޔާބް ކޮށްފިއެވެ.
ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސިކްސަ ސައިޑް ފުޓްބޯޅަ މުބާރާތް ރީބްރޭންޑް ކޮށް މިފަހަރު ބާއްވާފައިވަނީ ފުޓްސަލް މުބާރާތެކެވެ.
ޖުމްލަ ހަ ޓީމް ބައިވެރިވި މި މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައިވަނީ ހިމަންދޫގެ އެންމެ ވާދަވެރި ދެ ޓީމް ކަމުގައިވާ ޔަންގް އީގަލްސް އަދި ޑާކް ޓައުންއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗް ޑާކް ޓައުންއިން ކާމިޔާބް ކޮށްފައިވަނީ ފަސޭހަ ކަމާއި އެކު 7-2 އިން ޔަންގު އީގަލްސް ބަލިކޮށްގެންނެވެ.

މުބާރާތުގެ ރަނަ-އަޕް ޓީމް ޔަންގް އީގަލްސް

ދެ ޓީމް ވެސް ފައިނަލަށް ދަތުރުކޮށްފައިވަނީ ގްރޫޕްގެ އެއްވަން ޓީމުގެ ގޮތުގައި އެއްވެސް މެޗަކުން ބަލިނުވެއެވެ.
ފައިނަލްގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޑާކް ޓައުންގެ ޢަބްދުﷲ ރިމާހު އެވެ. މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވިފައިވަނީ ޑާކްޓައުންގެ އިބްރާހީމް ޙަމްދާން އެވެ. އެންމެ ގިނަ ގޯލު ޖަހައިގެން ރަން ބޫޓް ވެސް ހޯދާފައިވަނީ އިބްރާހީމް ޙަމްދާންއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް އިބްރާހީމް ޙަމްދާން ވަނީ ހިމެނިފައެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔާ އަދި ޓޮޕް ސްކޯރަރ

މުބާރާތުގެ އެނެމް މޮޅު 5 ކުޅުންތެރިން:
ޢަބްދުﷲ ރިމާހު (ޑާކް ޓައުން)
އިބްރާހީމް ޙަމްދާން (ޑާކް ޓައުން)
ޙަސަން ސަމީން އިބްރާހީމް (ޔަންގް އީގަލްސް)
އަޙްމަދު ރިޔުޝާން (ޔަންގް އީގަލްސް)
އަޙްމަދު ޒިހާން އާދަމް (ޔަންގް އީގަލްސް)

މުބާރާތުގެ އެންމެމޮޅު ކޯޗް އަދި އެންމެ މޮޅު ފަސް ކުޅުންތެރިން

މި މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކީ ނައިޓްހޯކްސްގެ ޒުވާން ހުނަރުވެރި އަޙްމަދު ޖައިޝަމް އެވެ. ފެއާޕްލޭ ޓީމަކީ ހިމަންދޫގެ ތަޖުރިބާކާރު ގިނަ ކުޅުންތެރިތަކެއް ހިމެނޭ ލެޖެންޑްސް ޓީމެވެ.

މުބާރާތުގެ އުންމީދީ ކުޅުންތެރިޔާ

މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ޑާކް ޓައުންއަށް ފުރަތަމަ ކައުންސިލް ފުޓްސަލް މުބާރާތް ކާމިޔާބް ކޮށްދިން މުޙައްމަދު އަންވަރު އެވެ.
ޗެމްޕިއަންކަން ހޯދި ޑާކްޓައުންއަށް 11,000 ރުފިޔާގެ ފައިސާގެ އިނާމް ލިބިފައިވާއިރު ރަނަރަޕް ޓީމަށް ވަނީ 4,000 ރުފިޔާ ލިބިފައެވެ. މިއީ މިހާތަނަށް ކައުންސިލުން ބޭއްވުނު އެންމެ އަގުބޮޑު މުބާރާތެވެ.
ވާދައިގެ ތައްޓަށް ކުޅޭ ފުރަތަމަ ކައުންސިލް ފުޓްސަލް މުބާރާތް ނިންމާލުމަށްފަހު ކައުންސިލްގެ ރައީސް ހުޝާމް އިސްމާއީލް ވިދާޅުވީ، މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުޞަދަކީ ހިމަންދޫގެ ރައްޔިތުންނާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކޮށް އިޖުތުމާޢީ ރޫޙާއި ކުޅުވަރުގެ ރޫޙު އާލާކުރުން ކަމަށެވެ. މަޤްޞަދު ހާސިލްވިކަމަށް ގަބޫލުކުރަމެވެ.
”ހިމަންދޫގެ ހުނަރުވެރި ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ހުނަރު ދައްކާލަން ލިބޭ ރަނގަޅު ފުރުސަތެއް މިއީ. އުންމީދު ކުރަނީ މި މުބާރާތުގެ ސަބަބުން އެ ކުޅުންތެރިންގެ ހުނަރު ތަރައްގީވެ އިތުރު ފުރުސަތުތަކެއް ލިބިގެން ދިއުން“ ހުޝާމް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *