މި ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލްގެ މަޤާމަށް ސާލިމް ހަސަން ހަމަޖައްސަވައިފި

މި ކައުންސިލްގެ ސެކްރެޓެރީ ޖެނެރަލްގެ މަޤާމަށް އައްޔަން ކުރެއްވުމުން އަލްފާޞިލް ސާލިމް ހަސަން މިއަދުވަނީ ކައުންސިލްގެ މަސައްކަތަށް ނިކުންނަވާފައެވެ ސެކްރެޓެރީ ޖެނެރަލް އަލްފާޞިލް ސާލިމް ހަސަނަށް މަރުހަބާ ދެންނެވުމުގެގޮތުން ހިމަންދޫ ކައުންސިލުންވަނީ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައެވެ. މިގޮތުން، ސާލިމް ހަސަނަށް މާބޮނޑި ހަދިޔާ ކުރުމާއި އަދި އޭގެ އިތުރުން މުވައްޒަފުންނާއި ކައުންސިލަރުން އަދި ކައުންސިލްގެ މުވައްޒަފުން ހިމެނޭގޮތަށް ހެނދުނުގެ ސައިފޮދުވަނީ ކުރިޔަށް ގެންގޮސްފައެވެ.

މި ސައިފޮދު ކުރިޔަށް ގެންދިޔުމުގެ ތެރޭގައި، މުވައްޒަފުންގެ ފަރާތުން ރަށުގެ ރައްޔިތުންނަށް ދެމުންދާ ޚިދުމަތްތަކާއި ގުޅޭގޮތުން ކައުންސިލްގެ ފަރާތުންނާއ ސެކްރެޓޭރީ ޖެނެރަލްގެ ފަރާތުންވަނީ މުވައްޒަފުންނަށް މައުލޫމާތު ހިއްސާކޮށްފައެވެ. އަދި ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުންވެސް ކައުންސިލްގެ ފަރާތުންނާއި އެސް.ޖީގެ ފަރާތުން މުވައްޒަފުންނަށް މައުލޫމާތު ހިއްސާ ކުރެއެއްވިއެވެ.

އެސް.ޖީއަށް މާބޮނޑި ހަވާލުކުރުން
އެސް.ޖީއަށް ސައިފޮދު ދިނުން

Leave a Reply

Your email address will not be published. Required fields are marked *