ހިމަންދޫ ފުޓްބޯޅަ ދަނޑުގެ ވަށައި ފާރުރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތްކުރުމަށް ޑޭޒީ ކޮންސްޓްރަކްޝަންއާއި ހަވާކޮށްފި.

ހިމަންދޫ ފުޓްބޯޅަ ދަނޑުގެ ވަށައި ފާރުރޭނުމާއި، ފެންސް ޖެހުމުގެ މަސައްކަތްކުރުމަށް ޑޭޒީ ކޮންސްޓްރަކްޝަންއާއި މިއަދުވަނީ ހަވާލުކުރެވިފައެވެ. މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން މިމަސައްކަތް އިޢުލާންކޮށްގެން ބަޔަކާއި ހަވާލުކޮށް ކުރިއަށްގެންދިޔުމަށް ހަވާލުކޮށްފައިވަނީ ހިމަންދޫ ކައުންސިލާއެވެ.
މިމަސައްކަތް ކޮށްދޭނެފަރާތެއް ހޯދުމަށް ކުރި އިޢުލާނާއިގުޅިގެން ޖުމްލަ 6 ފަރާތަކުން ބިޑް ހުށަހަޅާފައިވާއިރު، ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކަށްބަލައި ކައުންސިލުން މިމަސައްކަތްކުރުމަށް ޑޭޒީ ކޮންސްޓްރަކްޝަންއާއި ހަވާލުކޮށްފައިވަނީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެވެސް ހުއްދައާއިއެކުގައެވެ.
މަސައްކަތް ފަށާ ތާރީޚުން ފެށިގެން 55 (ފަންސާސް ފަސް) ދުވަހުގެ މުއްދަތުގެތެރޭގައި ކުރެހުމާއި އެއްގޮތަށް 1291 ފޫޓް ދިގުމިނުގެ ވަށައިފާރު ރާނައި ފެންސްޖެހުމަށް ހަމަޖެހިފައިވާ މިމަސައްކަތުގެ އަގަކީ، ޖުމްލަ -/1498840 (އެއްމިލިއަން ހަތަރުލައްކަ ނުވަދިހަ އަށްހާސް އައްސަތޭކަ ސާޅީސް ރުފިޔާ) އެވެ.
ހިމަންދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ހެދުމުގެ މަސައްކަތް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ފަހި ކޮމްޕެނީއާއި ހަވާލުކޮށްގެންކުރިއަށް ދާއިރު، އއ.ހިމަންދޫ ފުޓްބޯޅަދަނޑަށް ބޭނުންވާ ޓަރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދަން ޔޫތް މިނިސްޓްރީއިންވަނީ އިޢުލާންކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *