ކާށިދޫ ދާއިރާގެ އިއްޒަތްތެރިމެމްބަރ ޢަބްދުﷲ ޖާބިރުގެ ފަރާތުން ފުޓްސަލް ދަނޑަށްބޭނުންވާ ލައިޓް ހަދިޔާކުރުން.

ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ ޢަބްދުﷲ ޖާބިރު ދާދިފަހުން ހިމަންދޫއަށްކުރި ޒިޔާރަތުގައި ހިމަންދޫ ޒުވާނުންގެ ފަރާތުން އެދުނު އެދުމަށް ކައުންސިލްގެ ފަރާތުން ހަދަމުންގެންދާ ފުޓްސަލް ދަނޑަށް ބޭނުންވާ ލައިޓް މިރޭވަނީ ހިމަންދޫ ކައުންސިލާއި ހަވާލުކޮށްފައެވެ. ލައިޓްތައް ކައުންސިލާއި ހަވާލުކޮށްދެއްވީ ޖާބިރުގެ ދަރިކަލުން އަޙްމަދު މުއާޒް ޢަބްދުﷲ ޖާބިރުއެވެ. ކައުންސިލްގެ ފަރާތުން ލައިޓްތަކާއި ހަވާލުވެލެއްވީ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލެވެ. ލައިޓްތައް ހަވާލުކުރުމަށް ހިމަންދޫ ކައުންސިލްގެ އިދާރާގައި ކުރިއަށްދިޔަ ހަރަކާތުގައި ހިމަންދޫގެ ގިނަ އަދަދެއްގެ ޒުވާނުންގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެމްބަރުންނާއި، ކައުންސިލްގެ މެމްބަރުން ބައިވެރިވެލެއްވިއެވެ. ހަދިޔާކޮށްފައިވަނީ 500 ވޯޓްގެ 12 ލައިޓެވެ. ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް ހޯދައިދިނުމުގެ މަޤްޞަދުގައި ކައުންސިލްގެ ފަރާތުން ކުރަމުންދާ މިފަދަ މަސައްކަތަކަށް އެހީތެރިވެދެއްވީތީ ކާށިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ ޢަބްދުﷲ ޖާބިރުއަށް ހިމަންދޫ ކައުންސިލާއި ހިމަންދޫ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރަމެވެ.

Leave a Reply

Your email address will not be published.