ކުޅިވަރު ދަނޑުތައް ތަރަށްޤީ ކުރުމަށް ބޭނުންވާ ސާމާނު ރަށަށް ގެނައުން

ޒުވާނުންނަށް ދުޅަހެޔޮ ސިއްޙަތެއް ހޯދައިދިނުމާއި، ވިޔާނުދާ ޢަމަލްތަކުން ޒުވާނުން އެއްކިބާކޮށް ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ސިޔާސަތުގެ ތެރެއިން ކައުންސިލުން ހެދުމަށް ހަމަޖެހި މަސައްކަތް ކުރެވެމުންދާ ފުޓްސަލް ދަނޑުގެ ވަށާ ފިންސް ޖެހުމަށްބޭނުންވާ ނެޓް، ދަގަނޑު ހޮޅި އަދި ވޮލީ ކޯޓްގެ ލައިޓް، ލައިޓް ޕޯލް، ވޮލީނެޓް، ސްކޯރ ބޯރޑް، ލައިޓް ކޭބަލް މިއަދު ވަނީ ރަށަށް ގެނެވިފައެވެ. ތަކެތި ދޯނިންބޭލުމާއި، ކައުންސިލަށް ގެންދިޔުމުގެ މަސައްކަތުގައި ޒުވާންކުދިންވަނީ ވަރަށް ފޯރީގަ އަމަލީ ގޮތުންބައިވެރިވެފައެވެ. ޒުވާނުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާ އެއްބާރުލުމަށް ކައުންސިލުން ޝުކުރުއަދާކުރަން.

Leave a Reply

Your email address will not be published. Required fields are marked *