ކަނޑުރޯދި ދޯނީގެފަރާތުން ކޮވިޑްގެ ބަލިމީހުންތިބި ގެތަކަށް ރޯމަސް ބެހުން.

    ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ހިމަންދޫގެ ގިނައަދަދެއްގެ ރައްޔިތުންތަކެއް ކޮވިޑް ބައްޔަށް ފައްސިވެފައިވާ މި ދަނޑިވަޅުގައި ހިމަންދޫގައިތިބި ބަލި މީހުންނަށް އެހީތެރިވެދިނުމުގެ ގޮތުން ކޮވިޑްގެ ބަލި މީހުންތިބި ކޮންމެގެޔަކަށް ރޯމަހުގެ އެހީ އއ.ހިމަންދޫ ކަނޑުރޯދި ދޯނީގެފަރާތުންވަނީ ފޯރުކޮށްދީފައެވެ. ލައްޓި/ރާގޮނޑި/ކަންނެލި ހިމެނޭގޮތުގެމަތިން ފައްސި މީހުންތިބި ކޮންމެގެޔަކަށްވަނީ 6 މަސް ދީފައިވެއެވެ. މަސްތައް ގެތަކަށް ބެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ޓާސްކްފޯސްގެ ޑެލިވަރީ ޓީމްގެފަރާތުންނެވެ. ރައްޔިތުންގެ ގިނަބަޔަކު ގޭބަންދުވެފައިވާ މިހާލަތުގައި ކަނޑުރޯދި ދޯނިން މިފަދަ އެހީތެރިކަމެއް ފޯރުކޮށްދިނީތީ ހިމަންދޫ ރައްޔިތުންގެ ނަމުގައި އަދި ޓާސްކްފޯސް އާއި ކައުންސިލްގެ ނަމުގައި ހިތުގެ އެންމެ އިޚްލާސްތެރި ޝުކުރުއަދާކުރަމެވެ. ﷲ ގެމަގުގައި ކުރެވޭ މިފަދަ ހޭދަތަކުގައި ﷲ ބަރަކާތް ލައްވަވައި މިފަދަ ހޭދަތަށްކުރާ ފަރާތްތަކުގެ މުދަލުގައި ބަރަކާތްލައްވައި ހެޔޮ ސަވާބާއި ދަރުމަ މިންވަރު ކުރައްވާށިއެވެ. އާމީން!

Leave a Reply

Your email address will not be published. Required fields are marked *