މޫފުށި ރެސޯޓް ގެފަރާތުން ހިމަންދޫގެ ކޮވިޑް ބަލި މީހުންނަށް ކާނާގެ އެހީތެރިކަން ފޯރުކޮށްދީފި.

     ކޮންސްތާންސް މޫފުށީ ރެސޯޓްގެ ފަރާތުން އއ. ހިމަންދޫގައި ކޮވިޑް ފައްސިވެފައިވާ ފަރާތްތަކަށް ކާނާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ. 11 އޯގަސްޓް ދުވަހުގެ ރޭ އެރިސޯޓުންވަނީ ވާނާގެ ބާވަތްތައް ހިމަންދޫ ކައުންސިލާއި ހަވާލުކޮށްފައެވެ. މޫފުށީ ރެސޯޓްގެ ފަރާތުން ފޯރުކޮށްދީފައިވާ ކާނާގެ ބާވަތްތައް ގެތަކަށް ބެހުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ޓާސްކްފޯސްގެ ޑެލިވަރީ ޓީމްގެފަރާތުންނެވެ.

     މިފަދަ ބަލިމަޑުކަމެއް ހިމަންދޫއަށް ދިމާވެފައިވާ މި ދަނޑިވަޅުގައި މޫފުށީ ރެސޯޓްގެ ފަރާތުން ހިމަންދޫގައި ތިބި ކޮވިޑް ބައްޔަށް ފައްސިވެފައިވާ ފަރާތްތަކަށް ކާނާގެ ބަވަތްތައް ފޯރުކޮށް ދީފައިވާތީ އއ.ހިމަންދޫ ރައްޔިތުންގެ ނަމުގައި އަދި ކައުންސިލާއި ޓާސްކްފޯސްގެ ނަމުގައި މޫފުށީ ރެސޯޓްގެ ވެރިން އަދި ސްޓާފުންނަށް ހިތުގެ އެންމެ އިޚްލާސްތެރި ޝުކުރު އަދާކުރަމެވެ.

 

Leave a Reply

Your email address will not be published. Required fields are marked *