ހިމަންދޫގައި ކޮވިޑްގެ ބަލި ފެތުރެމުންދިޔުމާއިގުޅޭ

     ހިމަންދޫއަށް އީދު ޗުއްޓީއަށް އައުމަށްފަހު އެނބުރި މާލެދިޔަ މިރަށު ރައްޔިތަކު ކޮވިޑް 19 ބައްޔަށް ފައްސިވުމާއި ގުޅިގެން ފައްސިވެފައިވާ ފަރާތުގެ ކޮންޓެކްޓް ޓްރޭސިންގެ ހެދުމުގެ މަސައްކަތް ހިމަންދޫ ސިއްޙީ މަރުކަޒުންވަނީ ކުރިއަށްގެންގޮސްފައެވެ. ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ފަރާތްތަކުގެ ނެގުނު ސުންކްތަކުގެ ތެރެއިން 3 އޯގަސްޓް 2021 ގައި 4 މީހަކުވަނީ ކޮވިޑް ބައްޔަށް ފައްސިވެފައެވެ. އަދި 4 އޯގަސްޓް 2021 ގައި ލިބުނު ސުންކްތަކުގެ ނަތީޖާތަކަށްބަލާއިރު 7 ފަރާތެއްވަނީ ކޮވިޑް ބައްޔަށް ފައްސިވެފައެވެ. އެހެންކަމުން މިވަގުތު ހިމަންދޫގައިތިބި ކޮވިޑް ބައްޔަށް ފައްސިވެފައިވާ މީހުންގެ އަދަދަކީ 11 އެވެ.

     މިހާލަތުގައި ކައުންސިލުން ރައްޔިތުންނަށް ކުރާ އިލްތިމާސްއަކީ ކޮންމެހެން ބޭރަށް ނިކުންނަންޖެހިއްޖެ ހާލަތެއްގައިމެނުވީ ބޭރަށް ނުނިކުތުމަށާއި، ކޮންމެހެން ބޭރަށްނިކުމެ އުޅެންޖެހޭފަދަ ޒަރޫރީ ބެނުމެއްޖެހިގެން ބޭރަށް ނިކުންނަ ފަރާތްތަކުން މާސްކް އެޅުއްވުމަށާއި، ގާތްދުރުކަން އިސްކުރުމަށާއި، ގިނަގިނައިން ސައިބޯނިލައިގެން އަތް ދޮވުމަށާއި، އަދި މިނޫންވެސް ރައްކާތެރިކަމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމަށެވެ. އަދި މިސްކިތަށް ނަމާދަށް ދުރުވާ ފަރާތްތަކުންވެސް މާސްކް އެޅުމަކީ ތިމާއާއި އަނެކުންގެ ރައްކާތެރިކަމަށް ކޮންމެހެންކުރަންޖެހޭ ކަމެއްކަމުގައި ދަންނަވަމެވެ. މިފަދަ ހައްސާސް ދަނޑިވަޅެއްގައި ސިއްހީމަރުކަޒާއި، ކައުންސިލް އަދި ޓާސްކް ފޯސްގެ ފަރާތުން ދެއްވާ އިރުޝާދުތަކާއި އެންގުންތަކަށް ރައްޔިތުންގެފަރާތުން އެއްބާރުލުންދީ މި ނާޒުކް ހާލަތުން އާންމު ހާލަތަށް ދިޔުމަށް މަސައްކަތް ކޮށްދިނުމަކީ ރައްޔިތުންގެ ކިބައިން އެދޭ ވަރަށްބޮޑު އެދުމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *