ވޯޓަރ ޕިއުރިފައަރ ސިސްޓަމް ރަށަށް ގެނައުން
ޕްލާސްޓިކް ފުޅި މަދުކުރުމާއި ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ކައުންސިލުން ކުރިއަށް ގެންދާ މަސްރޫއުގެ ތެރެއިން %50 ޑިސްކައުންޓާއިއެކު ގެތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ވޯޓަރ ޕިއުރިފައަރ ސިސްޓަމް ތަކުގެތެރެއިން ބައެއް ސިސްޓަމް މިހާރު ވަނީ ރަށަށް ގެނެވިފައެވެ. މި މަސްރޫއުއަށް ބޭނުންވާ ސިސްޓަމްތަށް ރަށަށް ގެނައުމާއި ގެތަކުގައި ހަރުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ހޯޓެކް ޕްރައިވެޓް ލިމިޓެޑްއާއެވެ.
