ބޮޑުޖަމާއަތުގައި ޢީދުނަމާދުކުރުން

       ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ބޮޑުޖަމާއަތުގައި ޢީދުނަމާދުކުރުން މެދުކެނޑިފައި އޮތުމަށްފަހު އަލްޙާ ޢީދު ނަމާދު ހިމަންދޫ ފުޓްބޯޅަ ދަނޑުގައި މިއަދުވަނީ ކުރެވިފައެވެ. ހިމަންދޫގައި ހުންނަނީ ނަމާދުކުރާ އެންމެ މިސްކިތަކަށްފެވައި މިސްކިތުގައި އަންހެންބޭފުޅުންނަށް ޢީދު ނަމާދުފަދަ ނަމާދެއްކުރެވޭނެ އެކަށީގެންވާ ޖާގަ ނެތުމާއިއެކު ފަހަކަށްއައިސް ހިމަންދޫގައި ޢީދު ނަމާދު ކުރަމުންގޮސްފައިވަނީ ހިމަންދޫ ފުޓްބޯޅަ ދަނޑުގައެވެ. މިއަދުގެ މި ޢީދުނަމާދު ބޮޑުޖަމާއަތުގައި ހިމަންދޫ ފުޓްބޯޅަ ދަނޑުގައި ކުރުމުގެ އިންތިޒާމްތައް ކައުންސިލުން ހަމަޖައްސާފައިވަނީ އަންހެން ބޭފުޅުންނަށްވެސް ޢީދުނަމާދުގެ ޖަމާޢަތުގައި ބައިވެރި ވެވޭނެގޮތަށެވެ. ގިނައަދަދެއްގެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންގެ އިތުރުން ކުޑަކުދިންވެސް ބައިވެރިވެގެން މިއަދު ކުރެވުނު ޢީދު ނަމާދު ކޮށްފައިވަނީ މިއަދު ހެނދުނު 7:30 ގައެވެ. މިއަދުގެ ޢީދު ނަމާދު އިމާމްވެ ކޮށްދެއްވާފައިވަނީ އަލްޤާރީ މުޙައްމަދު އިބްރާހީމް އެވެ. މިއަދުގެ ޢީދު ޚުޠުބާގެ މަޢުލޫއަކީ ”އަޟްޙާ ޢީދުގެ އިޙްތިފާލް“ އެވެ.

 

Leave a Reply

Your email address will not be published. Required fields are marked *