ސިންގަލް ޔޫޒް ޕްލާސްޓިކް ފެންފުޅީގެ ބަދަލުގައި ރީޔޫޒެބަލް އަލްޓާނޭޓިވްސް ބޭނުންކުރަން ފެށުން
ދެމެހެއްޓެނިވި ގޮތެއްގައި ސިންގަލް ޔޫޒް ޕްލާސްޓިކް ނައްތާލުމަށް ކުރެވުނު މަސައްކަތުގައި، އއ. ހިމަންދޫ ކައުންސިލުން ވަނީ ޕެޓް ބޮޓަލްސްގައި ބަންދުކޮށްފައިވާ ފެންފުޅި އާންމު އޮފީސް މާހައުލުގައި ބޭނުންކުރުން ހުއްޓާލެވިފައެވެ. މިގޮތުން، އޮފީހުގައި ފެން ފިލްޓާ މެޝީން، މުށި ފުޅި އަދި ޕޭޕާރ ކަޕްސްވަނީ ބޭނުންކުރެވެން ފެށިފައެވެ.