ކީރިތި ޤުރްޢާން ހިފްޛު ކުރުމުގެ ކުލާހެއް ބޭއްވުމަށް ޚިދުމަތް ޖަމިއްޔާއިން ރަށުގެ ކައުންސިލް ރައީސްއާއި ނައިބް ރައީސްއާއި ބައްދަލުވުން
ފެންވަރު ރަނގަޅު ތަޢުލީމާއި ހުނަރު.
ޤުރުޢާން ހިތުދަސް ކޮށްދޭ އަދި ޤުރުއާން އުނގަންނައިދޭނެ ކްލާސް ރޫމް އިމާރާތެއް ހެދުމާއި މި ޚިދުމަތް ރަށުގެ ރައްޔިތުންނަށް ހިލޭ ލިބޭނޭ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މި ކައުންސިލާއި، ޚިދުމަތް ޖަމްއިއްޔާ އަދި އުކުޅަސް ހޯޕް ހިމެނޭ ގޮތަށް ކައުންސިލްގެ އިދާރާގައި މިއަދު ކުރިއަށް ގެންދެވުނު މަސްވަރާ ބައްދަލުވުން. މި ކްލާސް ރޫމް އިމާރާތް އެޅުމަށް 3200 އަކަފޫޓްގެ ބިމެއް ހަމަޖައްސައި މި މަސައްކަތް އަވަސް މުއްދަތެއްގެ ތެރޭގައި ފެށުމަށް މިހާރު ދަނީ މަސައްކަތް ކުރެވެމުންނެވެ.