އެއްގަމު އުޅަނދު ލައިސަންސްގެ ޚިދުމަތް ދިނުން
ރަށްވެހި ޚިދުމަތް.
އެއްގަމު އުޅަނދު ލައިސަންސްގެ ޚިދުމަތް ދިނުން.
އެއްގަމު އުޅަނދު އޭޒޯން ލައިސަންސްގެ ޚިދުމަތް މިއަދު ވަނީ ފެށިފައެވެ. މި ޚިދުމަތް ފެށުމުގެ ގޮތުން މި ޚިދުމަތް ދިނުމަށް ކައުންސިލުން ޤާއިމްކޮށްފައިވާ ލައިސަންސް ޓްރެކް ހުޅުވައިދެއްވީ ކައުންސިލްގެ ރައީސް ހުޝާމް އިސްމާޢީލް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ މުޙައްމަދު ނިޔާޒްއެވެ.
ޚިދުމަތް ފެށުމާއިއެކު މިއަދު ވަނީ 1 ބޭފުޅަކަށް ތިޔަރީ ޓެސްޓް އަދި 2 ބޭފުޅަކަށް ޕްރެކްޓިކަލް އެގްޒާމް ކުރިއަށް ގެންދެވި، 1 ބޭފުޅަކަށް ލައިސަންސް ދޫކުރެވިފައެވެ.