އިޖުތިމާޢީ ސަރަހައްދު ކުނިކަހައި ސާފްކޮށް ބެލެހެއްޓުން

އ.ތ.މ ކޮމެޓީ ޙަރަކާތްތެރިކަން | ކުނި މެނޭޖުކުރުން
#ނަލަނަލަހިމަންދޫ
އިޖުތިމާޢީ ސަރަހައްދު ކުނިކަހައި ސާފްކޮށް ބެލެހެއްޓުން.
އިޖުތިމާޢީ ސަރަހައްދު ކުނިކަހާ ސާފްކުރުމުގެ މަސައްކަތް ބިޑް އުޞޫލުން ވަކި ފަރާތަކާއި ހަވާލުކޮށްގެން ކުރަމުން ދިޔަ އުޞޫލު ނިމުމަކަށް ގެނެސް ރަށުގެ އާންމު ރައްޔިތުންނަށް އާމްދަނީ ލިބޭގޮތަށް އުޞޫލު ބަދަލުކޮށް އ.ތ.މ ކޮމެޓީގެ ބެލުމުގެ ދަށުން ރަށުތެރެ ސާފްކުރުމުގެ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އުޞޫލަށް ގެނެވުނު ބަދަލާއިއެކު ރަށުގެ ގިނަ އަދަދެއްގެ އަންހެން ކަނބަލުން ވަނީ މި މަސައްކަތުގައި ބައިވެރިވެ ރަށް ސާފް ކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި މި ގެނެވުނު ބަދަލުގެ ސަބަބުން ކަނބަލުންގެ މެދުގައި އޮންނަ އިޖުތިމާޢީ ރޫޙް އިތުރުވެ އާލާވެ އަދި ކަނބަލުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ބޭނުންވާ ކަސްރަތުވެސް ލިބެގެންދެއެވެ.

Leave a Reply

Your email address will not be published. Required fields are marked *