ސަރުކާރުން ހިމަންދޫގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިންގާ އެޅުން

ސަރުކާރުން ހިމަންދޫގައި ހެދުމަށް ހަމަޖެހިފައިވާ މިސްކިތުގެ ޢަމަލީ މަސައްކަތް މިއަދުވަނީ ރަސްމީކޮށް ފެށިފައެވެ. ރަސްމީކޮށް ޢަމަލީ މަސައްކަތް ފައްޓަވާދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަލީ އަދި ކައުންސިލްގެ ރައީސް އަލްފާޟިލް ހުޝާމް އިސްމާޢީލްއެވެ. މި ރަސްމިއްޔާތު ކުރިއަށް ގެންދެވިފައިވަނީ މިސްކިތް އެޅުމަށް ހަމަޖެހިފައިވާ ބަނދަރު ސަރަހައްދުގައެވެ. މި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ވެރިން، ހިމަންދޫ ކައުންސިލްގެ މެމްބަރުން، އތމ ކޮމެޓީގެ މެމްބަރުން، ސަރުކާރުގެ މުވައްސަސާތަކުގެ ވެރިން އަދި މުވައްޒަފުންގެ އިތުރުން އާންމު ރައްޔިތުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ 1 އަހަރު ދުވަހުގެތެރޭގައި ނިންމުމަށް އެލީޓް މޯލްޑިވްސް އާއިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *