ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެނެވުނު ޙާފިޡު އެނބުރި ޤައުމަށް ދިޔުން
1444 ވަނަ އަހަރު ރަމަޟާންމަހު އއ.ހިމަންދޫ މަސްޖިދުލް ޢުލާގައި ހިފްތުކޮށް ތަރާވީޙް ނަމާދު ކުރުމަށް ރާއްޖެއިން ބޭރުން ގެނެވުނު ޙާފިޡު އެނބުރި ޤައުމަށް ދިޔުމަށް މިއަދު ވަނީ މާލެ ފުރުވާލެވިފައެވެ. ތަރާވީޙް ނަމާދު ކުރުމަށް އިމާމަކު ގެނައުމުގެ މަސައްކަތުގައި ހިލޭސާބަހަށް މަަސައްކަތް ކޮށްދެއްވާ ކައުންސިލަށް އެހީތެރިވެދެއްވި އަލްއުސްތާޛު އިބްރާހިމް ފަޔާޒް އަދި އަލްއުސްތާޛު މުޙައްމަދު ޢަލީ އަށް ކައުންސިލުން ޝުކުރު އަދާކުރަމެވެ. މި ދެބޭފުޅުންގެ މަސައްކަތުގައި ﷲ ބަރަކާތްލައްވައި ހެޔޮސަވާބާއި ދަރުމަ ދެއްވާށި! އާމީން!