ރައްޔިތުންގެ ދަރުބާރު ފެބްރުއަރީ 2023

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން 2022 ވަނަ އަހަރު އއ.ހިމަންދޫ ކައުންސިލް ހިގާދިޔަގޮތުގެ ތަފްޞީލު މަޢުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރުމަށް ބޭއްވުނު ބައްދަލުވުން 15 ފެބްރުވަރީ 2023 ދުވަހުގެ ރޭގަނޑު 8:30 ގައި ހިމަންދޫ ކައުންސިލްގެ އިދާރާގައި ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުގައި 2022 ވަނަ އަހަރުގެ އަހަރީ ރިޕޯރޓް، 2022 ވަނަ އަހަރުގެ މާލީ ހިސާބުތަކުގެ ތަފްޞީލް، 2023 ވަނައަހަރަށް ފާސްކުރެވުނު ބަޖެޓް، 2023 ވަނަ އަހަރުގެ މަސައްކަތު ތާވަލް ވަނީ ރައްޔިތުންނާއި ހިއްސާކުރެވިފައެވެ. އަދި މީގެ އިތުރުން މި ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ސާފްކުރުމަށް ބޭނުންވި ކަންކަން ސާފްކޮށްދީ ކައުންސިލްގެ މަސައްކަތްތަކާއި، ރަށުގެ އުމްރާނީ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢު ތަކުގެ މަޢުލޫމާތުތައް ރައްޔިތުނާއި ހިއްސާ ކުރެވުނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *